ޝިޕިންގް ޕޮލިސީ
- ތްރީބަޑީސް އިން އަލަށް ޚިދުމަތް ހޯދާ ކޮންމެ ކަސްޓަމަރަކުވެސް ވެބްއެޕްލިކޭޝަން މެދުވެރިކޮށް ޚިދުމަތަށް އެދި ރެޖިސްޓަރީވެލައްވަން ވާނެއެވެ. އަދި ރެޖިސްޓަރވުމުން ކަސްޓަމަރަށް ޚާއްސަ އެކައުންޓެއް ހެދިގެންދާނެއެވެ. އެހެންކަމުން، ކަސްޓަމަރު ޚިދުމަތަށް އެދި ރެޖިސްޓްރީ ވެލައްވަން ޖެހޭނީ އެންމެ ފަހަރަކު، އެއީ އަލަށް ޚިދުމަތް ހޯއްދަވާ ފަހަރު އެކަންޏެއެވެ.
- ޗައިނާވެއަރހައުސް އަށް މުދާ ފޮނުވާ ހިސާބުން ފެށިގެން ކަސްޓަމަރަށް މުދާ ފޯރުކޮށްދިނުމާއި ހަމައަށް ހުރިހާ އަޕްޑޭޓެއް ވެބްއެޕްލިކޭޝަން މެދުވެރިކޮށް (ކަސްޓަމަރަށް ޚާއްސަ އެކައުންޓް އިން) ލިބިލައްވާނެއެވެ.
- ވެއަރހައުސްއަށް މުދާ ފޮނުވުމުގެ ކުރިން ޕެކޭޖްގެ ބޭރުގައި ދީފައިވާ ފޯމެޓާ އެއްގޮތަށް ލޭބަލްކުރަން ސެލަރ ގާތު ބުނަންވާނެއެވެ. ލޭބަލްކުރާއިރު އެއަރ ފްރައިޓް ލޭބަލްކަން ޔަޤީންކުރަންވާނެއެވެ. ދީފައިވާ ފޯމެޓާއި އެއްގޮތަށް ލޭބަލްކޮށްފައި ނުވާ ޕެކޭޖްތައް ވެއަރހައުސްއިން ބަލައި ނުގަންނާއެވެ. މި ލޭބަލް، ކަސްޓަމަރގެ އެކައުންޓަށް ލޮގިންގ ވުމަށްފަހު ޑައުންލޯޑްކުރެވެން އިންނާނެއެވެ. މީގެ އިތުރުން ޝިޕިންގ ޕޮލިސީއާއި، ޗައިނާވެއަރހައުސް އެޑްރެސް ވެސް ކަސްޓަމަރ އެކައުންޓަށް ލޮގިންގ ވުމަށްފަހު ޑައުންލޯޑުކުރެވޭނެއެވެ.
- ގަންނަން ބޭނުންވާ މުދަލުގެ ކޯޓޭޝަން ހޯދުމަށްފަހު ކޯޓޭޝަނާއެކު ފައިސާ ފޮނުވުމުން ސެލަރއަށް ފައިސާ ދައްކައިދިނުމުގެ އިންތިޒާމް އަޅުގަނޑުމެން ހަމަޖައްސައިދޭނަމެވެ. މިގޮތަށް ފައިސާ ދެއްކުމަށް ފޮނުވާނީ ޑޮލަރުންނެވެ. އަދި ދިވެހި ރުފިޔާ ފޮނުވާނަމަ އަޅުގަނޑުމެން ކަނޑައަޅާފައިވާ ޑޮލަރ ރޭޓުންނެވެ.
- އަލީބާބާ ލިންކް ނުވަތަ ކޯޓޭޝަން ފޮނުވުމުން މުދާ ގަނެދިނުމުގެ އިންތިޒާމް އަޅުގަނޑުމެން ހަމަޖައްސައިދޭނަމެވެ. އަދި މި ޚިދުމަތަށް 30 ޑޮލަރުގެ ފީއެއް ޗާރޖުކުރެވޭނެއެވެ.
- ތްރީބަޑީސް މެދުވެރިކޮށް ޗައިނާއަށް ފައިސާ ފޮނުވާނަމަ ޖުމްލަ ފައިސާގެ 5 އިންސައްތަ ބޭންކު ޗާރޖުގެ ގޮތުގައި ނެގޭނެއެވެ.
- ވެއަރހައުސްއަށް މުދާ ފޮނުވުމަށް ކުރާ ހުރިހާ ޚަރަދެއް ކުރާނީ ކަސްޓަމަރު އަމިއްލައަށެވެ. ވެއަރހައުސްގައި މުދާ ބެހެއްޓުމަށް ކަސްޓަމަރުގެ އަތުން އެއްވެސް ޗާރޖެއް ނުނަގާނެއެވެ. އެހެންނަމަވެސް ވެއަރހައުސް އެންޓްރެންސްފީގެ ގޮތުގައި ނަގާ 1.5 ޑޮލަރު ވެއަރހައުސް ޑެލިވަރީގައި ހިމެނުމަށް ސެލަރގާތު ބުނަންވާނެއެވެ.
- އެންޓްރެންސް ފީ ނަގާނީ ޗައިނާ ވެއަރހައުސްއަށް މުދަލުގެ ގޮތުގައި ފޮނުވާ ކޮންމެ ޝިޕްމެންޓް އަކަށެވެ. އެހެންކަމުން އެކި ސެލަރ އަތުން މުދާ ގަނެ ވެއަރހައުސްއަށް ފޮނުވާ ކޮންމެ ފަހަރަކަށް އެންޓްރެންސްފީ ޗާރޖުކުރާނެއެވެ.
- ވެއަރހައުސްއަށް މުދާ ފޮނުވުމުގެ ކުރިން އަޅުގަނޑުމެންގެ ޗައިނާ އެޖެންޓަށް މުދާ ޑެލިވަރީ ކުރާފަރާތުން (ސެލަރ) ގުޅަންވާނެއެވެ. ވެއަރހައުސްއަށް ކުރިން ނުގުޅާ މުދާ ފޮނުވައިފިނަމަ ވެއަރހައުސްއިން މުދާ ބަލައިނުގަތުމަކީ އެކަށީގެންވާ ކަމެކެވެ.
- ވެއަރހައުސްއަށް މުދާ ފޮނުވާއިރު ހުންނަންވާނީ އެ މުދަލަކާއި ގުޅޭ ރައްކާތެރިގޮތަށް ޕެކްކުރެވިފައެވެ. މިސާލަކަށް 'ފްރެޖައިލް ގުޑްސް' ހުންނަންވާނީ އުފުލާ ގެންގުޅުމުގައި މުދަލަށް ގެއްލުންނުވާނެފަދަ ރަނގަޅު ޕެކިންގ އެއްގައެވެ.
- ވެއަރހައުސްއަށް މުދާ ފޮނުވުމުން މުދަލާއި ގުޅޭ މަޢުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް އަޕްޑޭޓް ކުރެވޭނެއެވެ. މައުލޫމާތު އަޕްޑޭޓްކުރުމުން ޗައިނާ ވެއަރހައުސްއަށް މުދާ ލިބިފައިވާކަން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރަށް މަޢުލޫމާތު ފޮނުވޭނެއެވެ. މި އެސްއެމްއެސްގައި މުދަލާގުޅޭ ތަފްސީލީ މަޢުލޫމާތު އަޕްޑޭޓްކުރުމަށާއި އަދި އިންވޮއިސް އެޓޭޗްކުރުމަށް ހަނދުމަކޮށްދެވޭނެއެވެ. ލަސްނުކޮށް ތަފްސީލީ މައުލޫމާތު ހިމަނާ، އިންވޮއިސްއާއި ޕެކިންލިސްޓް އަދި އައިޓަމްތަކުގެ ފޮޓޯ އެޓޭޗްކޮށް ކަސްޓަމަރ ޕޯޓަލް އަޕްޑޭޓްކުރަންވާނެއެވެ. ޝިޕްމަންޓް ޝިޕްކުރުމަށް ހަމަޖެހިފައިވާ ތާރީޚުގެ ކުރިން ދެންނެވުނު މަޢުލޫމާތު އަޕްޑޭޓް ނުކޮށްފިނަމަ، ކަސްޓަމަރގެ މުދާ އެއަރ ފްރައިޓް ނުކުރެވޭނެއެވެ. ޗައިނާ ވެއަރހައުސްއަށް ލިބޭ ޕެކޭޖްގެ މަޢުލޫމާތު އަޕްޑޭޓްކުރުމުގައި އެއްވެސް ކުށެއްވާނަމަ (މިސާލަކަށް؛އައިޓަމްގެ ނަން، މުދަލުގެ ކުއަންޓިޓީ، ސީބީއެމް، ބަރުދަން ފަދަ މަޢުލޫމާތު ރަނގަޅު ނޫންނަމަ) ލަސްނުކޮށް އެކަން ތްރީބަޑީސްއަށް އަންގައި އެކަން ރަނގަޅުކުރުވުމަކީ ކަސްޓަމަރުގެ ޒިންމާއެކެވެ.
- އެއަރ ފްރައިޓް ކުރާ ޝިޕްމަންޓް އާއްމުގޮތެއްގައި 10 ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެއެވެ. ޝިޕްމަންޓް ރާއްޖެ އައުމުން ކަސްޓަމްސްއިން ކުލިއަރ ކުރުމަށްފަހު ކަސްޓަމަރުންނަށް ޕެކެޖްތައް ޑެލިވަރކޮށްދެވޭނެއެވެ. މި ގޮތުން ޕެކެޖް ޑެލިވަރކޮށްދޭނީ ކަސްޓަމަރ ދީފައިވާ ޑެލިވަރީ އެޑްރެސްގެ ގްރައުންޑް ފްލޯރއާ ހަމައަށެވެ.
- އެއަރ ފަރައިޓްގެ ޚިދުމަތް ދޭނީ ބަލްކް އެއަރ ފަރައިޓް ސަރވިސްގެ ގޮތުގައެވެ. މިގޮތުން ތުރީބަޑީސްއިން އިއުލާންކުރާ ތާރީޚަށް ކަސްޓަމަރުން ފޮނުވާ ޕެކެޖްތައް އެއަރ ފްރައިޓްކުރެވޭނެއެވެ. ކަނޑައަޅާފައިވާ ތާރީޚުގައި އެއަރ ފްރައިޓް ކުރެވޭނީ، އެ ތާރީޚަށް ލިބުނު ޕެކެޖްތަކުގެ ބަރުދަނުގެ ޖުމްލަ 100 (ސަތޭކަ) ކިލޯ އަށްވުރެ ބަރުވާ ނަމައެވެ. އަދި ކަނޑާއަޅާފައިވާ ތާރީޚަށް 100 (ސަތޭކަ) ކިލޯގެ މުދާ ނުލިބޭ ނަމަ އައު ތާރީޚެއް ކަނޑައަޅާ ކަސްޓަމަރުންނަށް އަންގާނެއެވެ.
- ޕެކެޖް އެއަރ ފްރައިޓް ކުރުމަށްފަހު ފްރައިޓް އިންވޮއިސް، އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރަށް ފޮނުވޭނެއެވެ. ފްރައިޓް އިންވޮއިސް ލިބޭތާ 2(ދޭއް) ދުވަހުގެ ތެރޭގައި ފްރައިޓް ޕޭކޮށް ނިންމަންވާނެއެވެ.
- ފްރައިޓް ޗާޖަސް ހިސާބު ކުރާނީ ޕެކޭޖްގެ ސައިޒް އަދި ޕެކޭޖްގެ ބަރުދަނަށް ބެލުމަށްފަހުގައެވެ. އަދި ދިޔާ ތަކެއްޗާއި ޑޭންޖަރަސް ގުޑްސް (ޑީ.ޖީ ގުޑްސް) އަދި ސެންސިޓިވް ގުޑްސްގެ ފްރައިޓް ބޮޑުވާނެއެވެ. ފްރައިޓްއަށް ބިލްކުރާނީ ޔޫ. އެސް ޑޮލަރުންނެވެ.
- އެއަރ ފްރައިޓްގެ ގޮތުގައި ގެންނަ ޕެކެޖް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމް،އޭ.ސީ.އެލް) ކްލިއަރ ކުރުމަށް ހިނގާ ޚަރަދު ކަސްޓަމަރުންގެ އަތުން ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޝިޕްމަންޓް ކުލިއަރ ކުރުމަށް ދިޔަ ޚަރަދު ހުރިހާ ކަސްޓަމަރުންގެ މެދުގައި ހަމަހަމަ ގޮތެއްގައި ބަހާލައި ބިލްކުރެވޭނެއެވެ.
- އާއްމު ގޮތެއްގައި އެއަރ ފްރައިޓް ގޮތުގައި ޗާރޖުކުރާނީ ޕެކެޖްގެ ބަރުދަން (ކިލޯ) އަށް ބަލައިގެންނެވެ. އެހެންނަމަވެސް ބައެއް ހާލަތުގައި ޕެކެޖްގެ ސައިޒް (ސީ.ބީ.އެމް) އަދި ޓައިޕް (ޑީ.ޖީ.ގުޑްސް، ސެންސިޓިވް ގުޑްސް) އަށް ބަލައިގެންވެސް އެއަރ ފްރައިޓް ޗާޖުކުރެވޭނެއެވެ. ޕެކެޖްގެ ބަރުދަނަށް ބަލައިގެން ފްރައިޓް ނަގާނެ ގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
- 10 (ދިހައެއް) ކިލޯ އަށްވުރެ ކުޑަ ޕެކެޖެއް ނަމަ 20 (ވިހި) އެމެރިކާ ޑޮލަރު
- 10 (ދިހައެއް) ކިލޯ އާއި 35 (ތިރީސް ފަހެއް) ކިލޯއާ ދެމެދުގެ ޕެކެޖެއް ނަމަ 15 (ފަނަރަ) އެމެރިކާ ޑޮލަރު
- 35 (ތިރީސް ފަހެއް) ކިލޯ އާއި 65 (ފަސްދޮޅަސް ފަހެއް) ކިލޯއާ ދެމެދުގެ ޕެކެޖެއް ނަމަ 12 (ބާރަ) އެމެރިކާ ޑޮލަރު
- 65 (ފަސްދޮޅަސް ފަހެއް) ކިލޯއާއި 100 (ސަތޭކަ) ކިލޯއާ ދެމެދުގެ ޕެކެޖެއް ނަމަ 10 (ދިހައެއް) އެމެރިކާ ޑޮލަރު
- 100 (ސަތޭކަ) ކިލޯ އަށްވުރެ ބަރު ޕެކެޖެއް ނަމަ 6 (ހައެއް) އެމެރިކާ ޑޮލަރު
- ޕެކެޖްގެ ސައިޒް އެއް ސީބީއެމްއަށްވުރެ ބޮޑު ނަމަ، ކޮންމެ ސީބީއެމް އަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ ޗާރޖް ކުރެވޭނެއެވެ. ހޭންޑްލިންގ ޗާރޖްސްއަށް ބިލްކުރާނީ ދިވެހި ރުފިޔާއިންނެވެ.
- އެއަރ ފްރައިޓް ޕެކެޖްގެ ޑެލިވަރީ އޯރޑަސް (ޑީ.އޯ) ޗާރޖަސް ގޮތުގައި -/54 (ފަންސާސް ހަތަރެއް) ރުފިޔާ ކޮންމެ ކަސްޓަމަރެއްގެ އަތުން ނެގޭނެއެވެ.
- ޗައިނާގެ ވެއަރހައުސްއަށް މުދާތައް ލިބުމުން ކަސްޓަމަރަށް އެކަން އެސްއެމްއެސް މެދުވެރިކޮށް އެންގޭނެއެވެ. އަދި ވެބް ޕޯރޓަލް އެ މުދަލުގެ މަޢުލޫމާތުތައް އެޖެންޓް އަޅާނެއެވެ. އެޖެންޓް ވެބް ޕޯރޓަލްއަށް އަޅާފައިވާ މަޢުލޫމާތުތައް ވެރިފައިކޮށް އައިޓަމުގެ ފޮޓޯއާ އިންވޮއިސް އަދި ޕެކިންގް ލިސްޓް އަޕްލޯރޑް ކުރަންވާނެއެވެ. ވެބް ޕޯޓަލްއަށް އަޅާފައިވާ މަޢުލޫމާތުގެ އެއްވެސް މައްސަލައެއް (މުދަލުގެ ނަން، އަގު، އަދަދު، އައިޓަމެއް އުނިވުން، އައިޓަމެއް އިތުރުވުން ފަދަ) އުޅޭ ނަމަ، އެކަން ތްރީ ބަޑީސްއަށް އަންގާ މައްސަލަ ޙައްލުކުރުމަކީ ކަސްޓަމަރގެ ޒިންމާއެކެވެ. އަދި މުދަލުގެ މަޢުލޫމާތު ރަނގަޅަށް ވެރިފައި ނުކުރުމުގެ ސަބަބުން ދިމާވާ ކަންކަމަށް ތްރީ ބަޑީސްއިން ޒިންމާނުވާނެއެވެ.
- ތްރީ ބަޑީސްގެ ޗައިނާގެ ވެއަރހައުސްއަށް ފޮނުވާފައިވާ މުދަލެއް އެއްވެސް ސަބަބަކާ ހުރެ އެހެންތަނަށް ފޮނުވަން ނުވަތަ ބަދަލުކުރަން ބޭނުންވެއްޖެނަމަ، އެކަމެއް ކުރާނީ، ތްރީ ބަޑީސްގެ ޗައިނާ އެޖެންޓާ ވާހަކަ ދައްކައިގެން ކަސްޓަމަރުގެ އަމިއްލަ ޚަރަދުގައެވެ.
- ތްރީބަޑީސް މެދުވެރިކޮށް ގެންނަ މުދާ ޑިކްލެއަރ ކުރާނީ ތްރީ ބަޑީސް ނަމުގައެވެ. ކަސްޓަމްސްއިން މުދަލުގައި އަގު މަތިކޮށްފި ނަމަ، އެކަން ކަސްޓަމަރުންނަށް އެންގޭނެއެވެ. އެޕީލްކުރުމަށް ފުރުޞަތު ހުޅުވާލާ، އެޕީލްކުރުމަށް ބޭނުންވާ ލިޔުންތައް ލިބުމުން އެޕީލްކޮށް ދެވޭނެއެވެ. އަދި ކަސްޓަމްސްއިން މުދާ ޑިކްލެއަރކުރުމުން މުދަލުގެ ޑިއުޓީ ކަސްޓަމަރ ދައްކަންވާނެއެވެ.
- ވަކި ޚާއްޞަ ހުއްދައެއް ނަގައިގެން ރާއްޖެ އެތެރެކުރެވޭ މުދަލެއް ނަމަ، އެ ހުއްދައެއް ކަމާބެހޭ އިދާރާއަކުން ހޯދުމަކީ ކަސްޓަމަރުގެ ޒިންމާއެކެވެ. އަދި އެ މުދަލެއް ޑިކްލެއަރކުރުމުގެ ކުރިން އެ ފަދަ ހުއްދަތައް ހޯދާ ތްރީ ބަޑީސްއަށް ފޮނުވަން ވާނެއެވެ. ޑިކްލެއަރކުރުމުގެ ކުރިން ހުއްދަ ނުލިބިގެން ކަސްޓަމްސްއިން މުދާ ހިފަހައްޓައިގެން، މުދާ ލިބުން ލަސްވުމާއި، މުދަލަށް ލިބޭ ގެއްލުމަށް އަދި އެ މުދަލެއް ޑިކްލެއަރކުރުމަށް އިތުރަށް ހިނގާ ޚަރަދުތަކަށް ތްރީބަޑީސް އިން ޒިންމާ ނުވާނެއެވެ.
- ޕެކެޖް އެއަރ ފްރައިޓް ކުރުމަށްފަހު ޕެކެޖްގެ ޓްރެކިންގ ޑީޓެއިލްސް ކަސްޓަމަރުންނާއި ޙިއްސާކުރެވޭނެއެވެ.
- ރާއްޖެއަށް މުދާ އައުމަށްފަހު މުދާކުލިއަރކުރުމަށް ކަސްޓަމަރު އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ޑޮކިއުމަންޓް ތައްޔާރުކޮށް ކަސްޓަމްސްއިން މުދާ ކުލިއަރކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނީ ތްރީ ބަޑީސް އިންނެވެ. ޕެކެޖް ކުލިއަރ ކުރުމަށްދިޔަ ހަރަދު (ޑޮކިއުމަންޓް ފީ) ކަސްޓަމަރ ދައްކަންވާނެވެ.
- މުދަލުގެ ކަސްޓަމްސް ޑިއުޓީ/ ކަސްޓަމްސް ރެވެނިއުފީ ދައްކާނީ ކަސްޓަމަރެވެ. މުދަލުގެ ޑިއުޓީ އިންވޮއިސް ފޮނުވުމުން 3 (ތިނެއް) ދުވަހުގެ ތެރޭގައި ޑިއުޓީ ބިލަށް ޕޭކުރަންވާނެއެވެ.
- މުދާ ކަސްޓަމްސްއިން ކުލިއަރ ކުރާ ދުވަހު މުދާ ކަސްޓަމަރުންނަށް ހަވާލުކުރުމަކީ ދަތިކަމަކަށްވާތީ، ކަސްޓަމަރުންގެ ޕެކޭޖްތައް ވަކި ކުރުމަށްފަހު ޑެލިވަރީ ކުރާނީ ޖެހިގެން އަންނަ ދުވަހުއެވެ.
- 7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެއްވެސް ސަބަބަކާއި ހުރެ މުދަލާއި ހަވާލުނުވެވޭނަމަ އެކަން އަޅުގަނޑުމެންނަށް އަންގަންވާނެއެވެ. 7 (ހަތެއް) ދުވަހަށްވުރެ އިތުރަށް ގުދަނުގައި މުދާ ބަހައްޓާނަމަ ދުވާލަކަށް 50ރ (ފަންސާސް ރުފިޔާ) ޗާޖުކުރެވޭނެއެވެ.
- ވެއަރހައުސްއިން މުދާ ޑެލިވަރީކުރުމުގެ އިންތިޒާމް އަޅުގަނޑުމެން ހަމަޖައްސައިދޭނަމެވެ. މުދާ ކަސްޓަމަރަށް ހަވާލުކުރެވޭނީ ހުރިހާ އިންވޮއިސްތަކަކަށް (ފްރައިޓް އަދި ޑިއުޓީ) ފައިސާ ދައްކާ ޚަލާސްކުރުމުންނެވެ.
- ކަސްޓަމަރަށް އިންވޮއިސް ފޮނުވާނީ އެޕްލިކޭޝަން މެދުވެރިކޮށެވެ. އަދި އިންވޮއިސްއަށް ޕޭމަންޓް ހެދުމަށް ހަނދުމަކޮށްދިނުމުގެ ގޮތުން ރިމައިންޑަރ އެސްއެމްއެސް އަދި އީމެއިލް ފޮނުވޭނެއެވެ.
- ޕޭމަންޓް ދެއްކުމަށްފަހު ޕޭމަންޓް ސްލިޕް ވައިބަރމެދުވެރިކޮށް ފޮނުވުމުން ޕޭމަންޓް ރިސިޕްޓް، އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރަށް ފޮނުވޭނެއެވެ. އަދި މީގެ އިތުރުން ފައިސާ ދެއްކި ރިސިޕްޓް ކަސްޓަމަރަށް އީމެއިލް ކުރެވޭނެއެވެ.
ތްރީ ބަޑީސް މެދުވެރިކޮށް ޝިޕްނުކުރެވޭނެ ތަކެތި
- ކާބޯތަކެތީގެ އެއްވެސް ބާވަތެއް
- ސަރުކާރުގެ އެއްވެސް އިދާރާއަކުން ހުއްދައެއް ނަގައިގެން ގެންނަންޖެހޭ އެއްވެސް ބާވަތެއްގެ އެއްޗެއް.
- ދިޔާތަކެތީގެ ގޮތުގައި ހިމެނޭ ތަކެތި.
- ބަދިގޭގައި ބޭނުންކުރާ ވަޅި ފިޔަވައި، އެހެނިހެން ޒާތްޒާތުގެ ތޫނު ތަކެތި (ޑައިވިން ނައިވްސް، ކަނޑި ފަދަ ތަކެތި)
- ދުންފަތުގެ އިސްތިޢުމާލުކުރުމަށް ބޭނުންކުރާ ވޭޕް އަދި ވޭޕާއި ގުޅުންހުރި ތަކެތި.
- އިސްލާމްދީން ފިޔަވައި އެހެން ދީންދީނުގެ މުނާސަބަތު ތައް ފާހަގަކުރަން ބޭނުންކުރާ ސާމާނު
- އެކި ބާވަތްތަކުގެ ދިރޭ ގަސް އަދި ޖަނަވާރު
- ބޭސް
- ދުންފަތާއި ދުންފަތުގެ އެކި އެކި ބާވަތްތައް
- ނުރައްކާތެރި ތަކެތީގެ ގޮތުގައި ބެލެވޭ އެންމެހާ ތަކެތި.
- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކުން ހަދައިފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)
- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ
- 250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
- ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން
- 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފެން ފުޅި
- 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައިވާ ބުއިންތައް (ކާރބަނޭޓް އަދި ނޮން-ކަރބަނޭޓް ބުއިންތައް)
- މަސްތުވާ ތަކެއްޗާއި މަސްތުވާތަކެތީގެ ގޮތުގައި ބެލެވޭ ތަކެތި
- ޖިންސީ ގުނަވަންތައް ދައްކައިދޭ މަންޒަރު ހުރި ފޮޓޯއާއި ފިލްމާއި ޖިންސީ ގުޅުން ސިފަކޮށްދޭ އަޑާއި، ވާހަކައާއި، ޖިންސީގުޅުން ހިންގާ މަންޒަރު ދައްކައިދޭ ފިލްމާއި، ފޮޓޯއާއި މިފަދަ މަންޒަރާއި، އަޑާއި، ވާހަކަ އަޅާފައިވާ ހުންނަ ޑިސްކެޓް، ޓޭޕް ފަދަ ތަކެއްޗާއި ޖިންސީ ގުޅުން ހިންގުމަށްޓަކައި ޖިންސީ ގުނަވަން ސިފަކޮށްދޭ ގޮތަށް ހަދާފައިވާ ތަކެތި.
- އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފު ވާހަކަ ލިޔެފައި ހުންނަ ނުވަތަ އެފަދަ ކުރެހުން ހުންނަފޮތް، މަޖައްލާ، ނޫސްފަދަ ތަކެއްޗާއި، މިފަދަ ވާހަކައާއި މަންޒަރު އަޅައިފައި ހުންނަ ޓޭޕް، ޑިސްކެޓްފަދަ ތަކެއްޗާއި، އިސްލާމްދީނަށް އިހާނަތްތެރިކޮށް ހިތޭފަދަ ތަކެތި.
- އަޅުކަންކުރަން ގެންގުޅޭ ބުދު
- ދިރޭ އޫރު،ކުއްތާ، ނުރައްކާތެރި ޖަނަވާރު
- ހަނގުރާމަވެރި ހަތިޔާރު، ބަޑިބޭސް، ގޮވާ އެއްޗެހި
- ގޮވާ އެއްޗެހީގެ މާނައިގައި ހިމެނޭ ތަކެތި؛ (ނައިޓްރޯގްލިސަރިން، ޑައިނަމައިޓްފަދަ ތަކެތި، ރޮކެޓް، ބަޑީގެ ކާޓްރިޖް އަދި ހުރިހާ ބާވަތެއްގެ ބޮމާއި، ވަޒަނާއި އަދި މިފަދަ އެއްޗެހި ގޮއްވާލުމަށް ބޭނުންކުރާ ފިއުޒުފަދަ ތަކެތި، އެއްޗެއްގައި ހިމެނިފައިވާ މާއްދާއެއްގެ ސަބަބުން އެ އެއްޗަކީ ގޮވާ އެއްޗެއްކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ކަނޑައަޅާ ތަކެތި)
- ގޮވާ އެއްޗެހި ކަމުގައި ނުހިމެނޭ ނުރައްކާތެރި ކެމިކަލާއި އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި ބާވަތް ބާވަތުގެ ވިހަ.
- ފޮގް ސިގްނަލް، ހަވާ، ފަޓާސް.
- ހޯދައި ސަލާމްތްކުރުމުގައ ބޭނުމުގައި ބޯޓުފަހަރުގައި ކޮންމެހެން ގެންގުޅެން ޖެހޭނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިއުނިކޭޝަންސުން ކަނޑައަޅާ ގޮވާ އެއްޗެހި
- މަސްހިފާ ނުވަތަ މަސްމަރާ ބަޑި
- ޖިންސީ ބާރުގަދަކުރުމަށް ބޭނުންކުރާ ތަކެތި. (ވައިޓަލް ހަނީ، ރޯޔަލް ހަނީ)