ޝިޕިންގް ޕޮލިސީ

Effective: November 22, 2023

ޗައިނާއިން މުދާ ގެނައުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލު

  1. ތްރީބަޑީސް އިން އަލަށް ޚިދުމަތް ހޯދާ ކޮންމެ ކަސްޓަމަރަކުވެސް ވެބްއެޕްލިކޭޝަން މެދުވެރިކޮށް ޚިދުމަތަށް އެދި ރެޖިސްޓަރީވެލައްވަން ވާނެއެވެ. އަދި ރެޖިސްޓަރވުމުން ކަސްޓަމަރަށް ޚާއްސަ އެކައުންޓެއް ހެދިގެންދާނެއެވެ. އެހެންކަމުން، ކަސްޓަމަރު ޚިދުަމަތަށް އެދި ރެޖިސްޓްރީ ވެލައްވަން ޖެހޭނީ އެންމެ ފަހަރަކު، އެއީ އަލަށް ޚިދުމަތް ހޯއްދަވާ ފަހަރުއެވެ. 
  2. ޗައިނާވެއަރހައުސް އަށް މުދާ ފޮނުވާ ހިސާބުން ފެށިގެން ކަސްޓަމަރަށް މުދާ ފޯރުކޮށްދިނުމާއި ހަމައަށް ހުރިހާ އަޕްޑޭޓެއް ވެބްއެޕްލިކޭޝަން މެދުވެރިކޮށް (ކަސްޓަމަރަށް ޚާއްސަ އެކައުންޓް އިން) ލިބިލައްވާނެއެވެ. 
  3. ވެއަރހައުސްއަށް މުދާ ފޮނުވުމުގެ ކުރިން ޕެކޭޖްގެ ބޭރުގައި ދީފައިވާ ފޯމެޓާ އެއްގޮތަށް ލޭބަލްކުރަން ސެލަރ ގާތު ބުނަންވާނެއެވެ. ދީފައިވާ ފޯމެޓާއި އެއްގޮތަށް ލޭބަލްކޮށްފައި ނުވާ ޕެކޭޖްތައް ވެއަރހައުސްއިން ބަލައި ނުގަންނާއެވެ. މި ލޭބަލް،  ކަސްޓަމަރގެ އެކައުންޓަށް ލޮގިންގ ވުމަށްފަހު ޑައުންލޯޑްކުރެވެން އިންނާނެއެވެ. މީގެ އިތުރުން ޝިޕިންގ ޕޮލިސީއާއި، ޗައިނާވެއަރހައުސް އެޑްރެސް ވެސް ކަސްޓަމަރ އެކައުންޓަށް ލޮގިންގ ވުމަށްފަހު ޑައުންލޯޑުކުރެވޭނެއެވެ. 
  4. ގަންނަން ބޭނުންވާ މުދަލުގެ ކޯޓޭޝަން ހޯދުމަށްފަހު ކޯޓޭޝަނާއެކު ފައިސާ ފޮނުވުމުން ސެލަރއަށް ފައިސާ ދައްކައިދިނުމުގެ އިންތިޒާމް އަޅުގަނޑުމެން ހަމަޖައްސައިދޭނަމެވެ. މިގޮތަށް ފައިސާ ދެއްކުމަށް ފޮނުވާނީ ޑޮލަރުންނެވެ. އަދި ދިވެހި ރުފިޔާ ފޮނުވާނަމަ އަޅުގަނޑުމެން ކަނޑައަޅާފައިވާ ޑޮލަރ ރޭޓުންނެވެ. 
  5.  އަލީބާބާ ލިންކް ނުވަތަ ކޯޓޭޝަން ފޮނުވުމުން މުދާ ގަނެދިނުމުގެ އިންތިޒާމް އަޅުގަނޑުމެން ހަމަޖައްސައިދޭނަމެވެ. އަދި މި ޚިދުމަތަށް ނަގާ ފީއެއްގެ ގޮތުގައި  30 ޑޮލަރުގެ ފީއެއް ޗާރޖުކުރެވޭނެއެވެ. 
  6. ތްރީބަޑީސް މެދުވެރިކޮށް ޗައިނާއަށް ފައިސާ ފޮނުވާނަމަ ޖުމްލަ ފައިސާގެ 5 އިންސައްތަ ބޭންކު ޗާރޖުގެ ގޮތުގައި ނެގޭނެއެވެ. 
  7. ވެއަރހައުސްއަށް މުދާ ފޮނުވުމަށް ކުރާ ހުރިހާ ޚަރަދެއް ކުރާނީ ކަސްޓަމަރު އަމިއްލައަށެވެ. ވެއަރހައުސްގައި މުދާ ބެހެއްޓުމަށް ކަސްޓަމަރުގެ އަތުން އެއްވެސް ޗާރޖެއް ނުނަގާނެއެވެ. އެހެންނަމަވެސް ވެއަރހައުސް އެންޓްރެންސްފީގެ ގޮތުގައި ނަގާ 1.5 ޑޮލަރު ވެއަރހައުސް ޑެލިވަރީގައި ހިމެނުމަށް ސެލަރގާތު ބުނަންވާނެއެވެ.
  8. އެންޓްރެންސް ފީ ނަގާނީ ޗައިނާ ވެއަރހައުސްއަށް މުދަލުގެ ގޮތުގައި ފޮނުވާ ކޮންމެ ޝިޕްމެންޓް  އަކަށެވެ. އެހެންކަމުން އެކި ސެލަރ އަތުން މުދާ ގަނެ ވެއަރހައުސްއަށް ފޮނުވާ ކޮންމެ ފަހަރަކަށް އެންޓްރެންސްފީ ޗާރޖުކުރާނެއެވެ. 
  9. ވެއަރހައުސްއަށް މުދާ ފޮނުވުމުގެ ކުރިން އަޅުގަނޑުމެންގެ ޗައިނާ އެޖެންޓަށް މުދާ ޑެލިވަރީ ކުރާފަރާތުން (ސެލަރ) ގުޅަންވާނެއެވެ. ވެއަރހައުސްއަށް ކުރިން ނުގުޅާ މުދާ ފޮނުވައިފިނަމަ ވެއަރހައުސްއިން މުދާ ބަލައިނުގަތުމަކީ އެކަށީގެންވާ ކަމެކެވެ.
  10.  ވެއަރހައުސްއަށް މުދާ ފޮނުވާއިރު ހުންނަންވާނީ އެ މުދަލަކާއި ގުޅޭ ރައްކާތެރިގޮތަށް ޕެކްކުރެވިފައެވެ. މިސާލަކަށް 'ފްރެޖައިލް ގުޑްސް' ހުންނަންވާނީ އުފުލާ ގެންުގުޅުމުގައި މުދަލަށް ގެއްލުންނުވާނެފަދަ ރަނގަޅު ޕެކިންގ އެއްގައެވެ. 
  11. ވެއަރހައުސްއަށް މުދާ ފޮނުވުމުން މުދަލާއި ގުޅޭ މަޢުލޫމާތު  އެޕްލިކޭޝަން މެދުވެރިކޮށް އަޕްޑޭޓް ކުރެވޭނެއެވެ. މައުލޫމާތު އަޕްޑޭޓްކުރުުމުން ޗައިނާ ވެއަރހައުސްއަށް މުދާ ލިބިފައިވާކަން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރަށް މަޢުލޫމާތު ފޮނުވޭނެއެވެ. މި އެސްއެމްއެސްގައި މުދަލާގުޅޭ ތަފްސީލީ މަޢުލޫމާތު  އަޕްޑޭޓްކުރުމަށާއި އަދި އިންވޮއިސް އެޓޭޗްކުރުމަށް ހަނދުމަކޮށްދެވޭނެއެވެ. ލަސްނުކޮށް ތަފްސީލީ މައުލޫމާތު ހިމަނާ، އިންވޮއިސްއާއި ޕެކިންލިސްޓް އަދި އައިޓަމްތަކުގެ ފޮޓޯ އެޓޭޗްކޮށް ކަސްޓަމަރ ޕޯޓަލް އަޕްޑޭޓްކުރަންވާނެއެވެ. ޝިޕްމަންޓް ފުރަން ހަމަޖެހިފައިވާ ތާރީޚުގެ ކުރިން ދެންނެވުނު މަޢުލޫމާތު އަޕްޑޭޓް ނުކޮށްފިނަމަ، ކަސްޓަމަރގެ މުދާ ކޮންޓެއިނަރއަށް ލޯޑުނުކުރެވޭނެއެވެ. 
  12. ކާރޓަން އަދި ކޮންޓެއިނަރގެ ސްޓޭޓަސް، އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރަށް ބެލޭނެއެވެ. އަދި ގަވާޢިދުން މަޢުލޫމާތު އަޕްޑޭޓްކުރެެވެމުންދާނެއެވެ. މީގެ އިތުރަށް ވައިބަރ މެދުވެރިކޮށްވެސް މި މައުލޫމާތު ކަސްޓަމަރަށް ފޯރުކޮށްދެވޭނެއެވެ. މިގޮތުން ކޮންޓެއިނަރ ޝިޕްކުރެވޭ ތާރީޚާއި، އެރައިވްވާ ތާރީޚް ފަދަ މުހިއްމު މަޢުލޫމާތު  ފެންނަން ހުންނާނެއެވެ. 
  13. ކޮންޓެއިނަރ ލޯޑުކުރުމަށްފަހު ފްރައިޓް އިންވޮއިސް،  އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރަށް ފޮނުވޭނެއެވެ. ފްރައިޓް އިންވޮއިސް ލިބޭތާ  5(ފަހެއް) ދުވަހުގެ ތެރޭގައި ފްރައިޓް ޕޭކޮށް ނިންމަންވާނެއެވެ. 
  14. ފްރައިޓް ޗާޖަސް ހިސާބު ހަދާނީ ޕެކޭޖްގެ ސައިޒް (ވޮލިއުމް، ސީބީއެމް)އަށް އަދި ޕެކޭޖްގެ ބަރުދަނަށް ބެލުމަށްފަހުގައެވެ. 
  15. ފްރައިޓްގެ ގޮތުގައި ޗާރޖުކުރާނީ 1 (އެކެއް) ސީ.ބީ.އެމް އަށް 199 (ސަތޭކަ ނުވަދިހަނުވައެއް) ޑޮލަރުގެ ރޭޓުންނެވެ. ޕެކޭޖްގެ ސައިޒު 1 (އެކެއް) ސީބީއެމްއަށްވުރެ ކުޑަނަމަ ފްރައިޓް ހިސާބު ކުރާނީ ޕްރޯރާޓާ ބޭސިސްކޮށެވެ. ހާލަތާ އަދި މާރކެޓަށް އަންނަ ބަދަލުތަކާއި ގުޅިގެން، ދުރާލާ ކަސްޓަމަރަށް އެންގުމެއް ނެތިވެސް  ސީ.ބީ.އެމް. އަކަށް ކަނޑައަޅާފައިވާ މިންވަރަށް ބަދަލު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު ތްރީ ބަޑީސް ލިބިގެންވެއެވެ. 
  16. 0.15 ސީބީއެމް އިން ދަށުގެ ޕެކޭޖްތަކަށް އާންމުގޮތެއްގައި 30(ތިރީސް) ޑޮލަރު ޗާރޖުކުރާނެއެވެ. އެހެންނަމަވެސް ބައެއް އޮފަރތަކާއި ގުޅިގެން ފްރައިޓްޗާރޖަށް ބައެއްފަހަރު ބަދަލު އައުމަކީ އެކަށީގެންވާކަމެކެވެ. 
  17. ޕެކޭޖްގެ ބަރުދަން 100 ކިލޯގްރާމް  އަށްވުރެ ބަރު ނަމަ ހޭންޑްލިންގ ޗާރޖުގެ ގޮތުގައި 65 ޑޮލަރު ކޮންމެ ޕެކެޖަކަށް ވަކިވަކިން ޗާރޖުކުރެވޭނެއެވެ. އަދި 300 (ތިން ސަތޭކަ) ކިލޯގްރާމަށްވުރެ މަތީ ޕެކެޖްތައް އުފުލުމަށް  ފޯކްލިފްޓް، ޕަވަރގޭޓް ލޮރީ އަދި ކެރޭން ފަދަ ވެހިކަލް ބޭނުންކުަރަން ޖެހޭތީ، އެކަމަށް ދާ ހަރަދު ކަސްޓަމަރ ދަށްކަންވާނެއެވެ.  
  18. ކޮންޓެއިނަރ ލޯޑުކުރުމަށްފަހު ކޮންޓެއިނަރގެ ޓްރެކިންގ ޑީޓެއިލްސް ކަސްޓަމަރުންނާއި ޙިއްސާކުރެވޭނެއެވެ. 
  19. ރާއްޖެއަށް މުދާ އައުމަށްފަހު މުދާކުލިއަރކުރުމަށް ކަސްޓަމަރު އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ޑޮކިއުމަންޓް ތައްޔާރުކޮށް ކަސްޓަމްސްއިން މުދާ ކުލިއަރކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނީ އަޅުގަނޑުމެންނެވެ. މިކަންކަމަށް އިތުރު އެއްވެސް ޗާރޖެއް ކަސްޓަމަރު އަތުން ނުނަގާނެއެވެ. އެހެންނަމަވެސް މުދަލުގެ ކަސްޓަމްސް ޑިއުޓީ/ ކަސްޓަމްސް ރެވެނިއުފީ ދައްކާނީ ކަސްޓަމަރެވެ. މުދަލުގެ ޑިއުޓީ އިންވޮއިސް ފޮނުވުމުން 5 (ފަހެއް) ދުވަހުގެ ތެރޭގައި ޑިއުޓީ ބިލަށް ޕޭކުރަންވާނެއެވެ. 
  20. މުދާ ކަސްޓަމްސްއިން ކުލިއަރ ކުރާ ދުވަހު މުދާ ކަސްޓަމަރުންނަށް ހަވާލުކުރުމަކީ ދަތިކަމަކަށްވާތީ، ކަސްޓަމަރުންގެ ޕެކޭޖްތައް ވަކި ކުރުމަށްފަހު ޑެލިވަރީ ކުރާނީ ޖެހިގެން އަންނަ ދުވަހުއެވެ. 
  21. 7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެއްވެސް ސަބަބަކާއި ހުރެ މުދަލާއި ހަވާލުނުވެވޭނަމަ އެކަން އަޅުގަނޑުމެންނަށް އަންގަންވާނެއެވެ.  7 (ހަތެއް) ދުވަހަށްވުރެ އިތުރަށް ގުދަނުގައި މުދާ ބަހައްޓާނަމަ ދުވާލަކަށް  50ރ (ފަންސާސް ރުފިޔާ)  ޗާޖުކުރެވޭނެއެވެ. 
  22. ވެއަރހައުސްއިން މުދާ ޑެލިވަރީކުރުމުގެ އިންތިޒާމް އަޅުގަނޑުމެން ހަމަޖައްސައިދޭނަމެވެ.  
  23. މުދާ ކަސްޓަމަރަށް ހަވާލުކުރެވޭނީ ހުރިހާ އިންވޮއިސްތަކަކަށް (ފްރައިޓް އަދި ޑިއުޓީ) ފައިސާ ދައްކާ ޚަލާސްކުރުމުންނެވެ.  
  24. ކަސްޓަމަރަށް އިންވޮއިސް ފޮނުވާނީ އެޕްލިކޭޝަން މެދުވެރިކޮށެވެ. އަދި އިންވޮއިސްއަށް ޕޭމަންޓް ހެދުމަށް ހަނދުމަކޮށްދިނުމުގެ ގޮތުން ރިމައިންޑަރ އެސްއެމްއެސްއަދި އީމެއިލް ފޮނުވޭނެއެވެ. 
  25. ޕޭމަންޓް ދެއްކުމަށްފަހު ޕޭމަންޓް ސްލިޕް ވައިބަރމެދުވެރިކޮށް ފޮނުވުމުން ޕޭމަންޓް ރިސިޕްޓް، އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރަށް ފޮނުވޭނެއެވެ. އަދި މީގެ އިތުރުން  ފައިސާ ދެއްކި ރިސިޕްޓް  ކަސްޓަމަރަށް އީމެއިލް ކުރެވޭނެއެވެ. 

ތްރީ ބަޑީސް މެދުވެރިކޮށް ޝިޕްނުކުރެވޭނެ ތަކެތި

  1. ކާބޯތަކެތީގެ އެއްވެސް ބާވަތެއް 
  2. ސަރުކާރުގެ އެއްވެސް އިދާރާއަކުން ހުއްދައެއް ނަގައިގެން ގެންނަންޖެހޭ އެއްވެސް ބާވަތެއްގެ އެއްޗެއް.
  3. ދިޔާތަކެތީގެ ގޮތުގައި ހިމެނޭ ތަކެތި. 
  4. ބަދިގޭގައި ބޭނުންކުރާ ވަޅި ފިޔަވައި، އެހެނިހެން ޒާތްޒާތުގެ ތޫނު ތަކެތި (ޑައިވިން ނައިވްސް، ކަނޑި ފަދަ ތަކެތި)
  5. ދުންފަތުގެ އިސްތިޢުމާލުކުރުމަށް ބޭނުންކުރާ ވޭޕް އަދި ވޭޕާއި ގުޅުންހުރި ތަކެތި. 
  6. އިސްލާމްދީން ފިޔަވައި އެހެން ދީންދީނުގެ މުނާސަބަތު ތައް ފާހަގަކުރަން ބޭނުންކުރާ ސާމާނު
  7. އެކި ބާވަތްތަކުގެ ދިރޭ ގަސް އަދި ޖަނަވާރު
  8. ބޭސް
  9. ދުންފަތާއި ދުންފަތުގެ އެކި އެކި ބާވަތްތައް 
  10. ނުރައްކާތެރި ތަކެތީގެ ގޮތުގައި ބެލެވޭ އެންމެހާ ތަކެތި. 
  11. ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި
  12. ޕްލާސްޓިކުން ހަދައިފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  13. ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
  14. ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)
  15. ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ
  16. 250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
  17. ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
  18. 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން 
  19. 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފެން ފުޅި
  20. 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައިވާ ބުއިންތައް (ކާރބަނޭޓް އަދި ނޮން-ކަރބަނޭޓް ބުއިންތައް)
  21. މަސްތުވާ ތަކެއްޗާއި މަސްތުވާތަކެތީގެ ގޮތުގައި ބެލެވޭ ތަކެތި
  22. ޖިންސީ ގުނަވަންތައް ދައްކައިދޭ މަންޒަރު ހުރި ފޮޓޯއާއި ފިލްމާއި ޖިންސީ ގުޅުން ސިފަކޮށްދޭ އަޑާއި، ވާހަކައާއި، ޖިންސީގުޅުން ހިންގާ މަންޒަރު ދައްކައިދޭ ފިލްމާއި، ފޮޓޯއާއި މިފަދަ މަންޒަރާއި، އަޑާއި، ވާހަކަ އަޅާފައިވާ ހުންނަ ޑިސްކެޓް، ޓޭޕް ފަދަ ތަކެއްޗާއި ޖިންސީ ގުޅުން ހިންގުމަށްޓަކައި ޖިންސީ ގުނަވަން ސިފަކޮށްދޭ ގޮތަށް ހަދާފައިވާ ތަކެތި.  
  23. އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފު ވާހަކަ ލިޔެފައި ހުންނަ ނުވަތަ އެފަދަ ކުރެހުން ހުންނަފޮތް، މަޖައްލާ، ނޫސްފަދަ ތަކެއްޗާއި، މިފަދަ ވާހަކައާއި މަންޒަރު އަޅައިފައި ހުންނަ ޓޭޕް، ޑިސްކެޓްފަދަ ތަކެއްޗާއި، އިސްލާމްދީނަށް އިހާނަތްތެރިކޮށް ހިތޭފަދަ ތަކެތި.
  24. އަޅުކަންކުރަން ގެންގުޅޭ ބުދު 
  25. ދިރޭ އޫރު،ކުއްތާ، ނުރައްކާތެރި ޖަނަވާރު
  26. ހަނގުރާމަވެރި ހަތިޔާރު، ބަޑިބޭސް، ގޮވާ އެއްޗެހި 
  27. ގޮވާ އެއްޗެހީގެ މާނައިގައި ހިމެނޭ ތަކެތި؛ (ނައިޓްރޯގްލިސަރިން، ޑައިނަމައިޓްފަދަ ތަކެތި، ރޮކެޓް، ބަޑީގެ ކާޓްރިޖް އަދި ހުރިހާ ބާވަތެއްގެ ބޮމާއި، ވަޒަނާއި އަދި މިފަދަ އެއްޗެހި ގޮއްވާލުމަށް ބޭނުންކުރާ ފިއުޒުފަދަ ތަކެތި، އެއްޗެއްގައި ހިމެނިފައިވާ މާއްދާއެއްގެ ސަބަބުން އެ އެއްޗަކީ ގޮވާ އެއްޗެއްކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ކަނޑައަޅާ ތަކެތި)
  28. ގޮވާ އެއްޗެހި ކަމުގައި ނުހިމެނޭ ނުރައްކާތެރި ކެމިކަލާއި އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި ބާވަތް ބާވަތުގެ ވިހަ.
  29. ފޮގް ސިގްނަލް، ހަވާ، ފަޓާސް.
  30. ހޯދައި ސަލާމްތްކުރުމުގައ ބޭނުމުގައި ބޯޓުފަހަރުގައި ކޮންމެހެން ގެންގުޅެން ޖެހޭނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިއުނިކޭޝަންސުން ކަނޑައަޅާ ގޮވާ އެއްޗެހި
  31. މަސްހިފާ ނުވަތަ މަސްމަރާ ބަޑި 
  32. ޖިންސީ ބާރުގަދަކުރުމަށް ބޭނުންކުރާ ތަކެތި. (ވައިޓަލް ހަނީ، ރޯޔަލް ހަނީ)